02/06/2026
🚨 ސްކޭމް އެލާޓް! / SCAM ALERT! 🚨
Booking.com
ގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލަން އާ ސްކޭމް މެސެޖުތަކެއް އެބަ ފޮނުވާ!
މިއީ ރިފަންޑެއް ދޭންވެގެން ކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިންގް (Phishing) ލިންކެކެވެ!
🔍 ސްކޭމް ލިންކް ދެނެގަންނާނީ ކިހިނެއް؟
ފޭކް ލިންކް (Fake URL): ރަސްމީ booking.com ގެ ބަދަލުގައި މެސެޖުގައި އެވަނީ އޮޅުވާލުމެއް އެކުލެވޭ ކުރު ލިންކެކެވެ.
އަވަސް ކުރުވުން (Urgency): "24 ގަޑިއިރު ތެރޭގައި" ފުރިހަމަ ކުރަންޖެހޭނެކަމަށްބުނެ ވިސްނާލަން ވަގުތު ނުދީ ބިރުވެރިކަން އުފައްދައެވެ.
ކާޑުގެ ސިއްރު މައުލޫމާތު ހޯދުން: އެއްވެސް ކުންފުންޏަކުން ރިފަންޑް ދޭން ކާޑުގެ ނަންބަރާއި، އެކްސްޕަޔަރީ ޑޭޓް ނުވަތަ CVV ހޯދާކަށް ލިންކެއް ނުފޮނުވާނެއެވެ.
🛡️ ރައްކާތެރިވުމަށް ކުރަންވިދާނެ ކަންތައްތަށް!
❌ ލިންކަށް ނުފިތާށެވެ! (Do NOT click the link)
❌ އޯ.ޓީ.ޕީ (OTP) އަދި ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރާށެވެ.📞 އަމިއްލައަށް ޗެކްކުރުން: ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓަށް ވަދެ ޗެކްކޮށްލާށެވެ.
ރައްކާތެރިވެ ތިއްބަވާ! 🙏 މި ޕޯސްޓް ޝެއަރ ކުރައްވައިގެން އެހެން ބޭފުޅުން މިކަމުން ސަލާމަތްކުރައްވާ!