AqeeqaMv

AqeeqaMv Aqeeqa EMME aguheyo koh kathileh vumah alhugandumen khiyaaru kurah vaa. .
(202)

العَقِيْقَة (ޢަޤީޤާ ކަތިލުން)
ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙަސަން ލަޠީފް މޫސާ
· ތަޢާރުފް: "العَقِيْقَة" މިއީ ޢަރަބި ބަހެކެވެ. މިބަސް އައިސްފައިވަނީ عَقَّ يَعُقُّ عَقًّا މި ބާބުންނެވެ. މިއިން ދޭހަވަނީ ފަޅައިލުން ނުވަތަ ބުރިކޮށްލުމުގެ މާނައެވެ. އެހެންކަމުން މި މާނައަށް ނިސްބަތްކޮށް، އަލަށް އުފަންވާ ކުއްޖާގެ ބޮލުގައި ފަޅާފައިވާ އިސްތަށްޓަށް ޢަރަބިން "العَقِيْقَة" މިނަން ކިޔައެވެ. އަދި ކުއްޖާއަށް

ހަތްދުވަހުން މި އިސްތަށި ބާލާތީ، އެ ބާލާދުވަހު ކަތިލާ ޖަނަވާރަށްވެސް، "العَقِيْقَة" އޭ ކިޔައި ނަންދެވުނެވެ.


ޝަރްޢީ އިޞްޠިލާޙުގައި ޢަޤީޤާއަކީ އުފަންވާ ކުއްޖާއަށް ހަތްދުވަސްވާ ދުވަހު، އެކުއްޖާގެފަރާތުން ކަތިލެވޭ ޖަނަވާރެވެ.


· ޢަޤީޤާގެ ޙުކުމް: ޢަޤީޤާގެ ޙުކުމާމެދު ޢިލްމުވެރިންގެ 3 ރައުޔެއް ވެއެވެ. އެއީ:


1. ޡާހިރީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ޢަޤީޤާ ކަތިލުމަކީ ވާޖިބެކެވެ.

މިމަޒުހަބުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ:عَنْ سُمْرَةَ بْنِ جُنْدُبٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ " كُلُّ غُلاَمٍ مُرْتَهِنٌ بِعَقِيْقَتِهِ ، تُذْبَحُ عَنْهُ يَوْمَ سَابِعِهِ ، وَيُسَمَّى فِيْهِ ، وَيُحْلَقُ رَأْسُهُ " . رواه الترمذي ( 1522 ) والنسائي ( 4220 ) وأبو داود ( 2838 ).

މާނައީ: سُمْرَةُ بْنُ جُنْدُب رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ކޮންމެ ކުއްޖަކުވެސް ވަނީ އޭނާގެ ޢަޤީޤާއާއެކު ރަހީނު ކުރެވިފައެވެ. އެކުއްޖާއަށް ހަތްދުވަހުން އޭނާގެފަރާތުން ޢަޤީޤާ ކަތިލެވެއެވެ. އަދި އެދުވަހު އޭނާއަށް ނަންދެވެއެވެ. އަދި އޭނާގެ ބޯ ބޭލެއެވެ." މި މަޒްހަބުގެ ޢިލްމުވެރިން ވިދާޅުވަނީ މި ޙަދީޘްގައި ކުއްޖާ ޢަޤީޤާއާއެކު ރަހީނުކުރެވިފައިވާކަމަށް އޮތުމުން، ޢަޤީޤާ ކަތިލުން ލާޒިމުވާކަން މިއިން ދޭހަވާ ކަމުގައެވެ.

މިމަޒްހަބުގެ ދެވަނަ ދަލީލަކީ އަންނަނިވި ޙަދީޘެވެ: عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: (أَمَرَنَا رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ نَعُقَّ عَنِ الْجَارِيَةِ شَاةً وَعَنِ الْغُلاَمِ شَاتَيْنِ) )) [ رواه أحمد: 25764 ] .
މާނައީ: عَائِشَة رَضِيَ اللهُ عَنْهَا ވިދާޅުވިއެވެ. "އަންހެންކުއްޖެއްގެ ފަރާތުން ބަކަރިއެއް އަދި ފިރިހެންކުއްޖެއްގެ ފަރާތުން ދެ ބަކަރި ކަތިލުމަށް، رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ތިމަންމެނަށް އަމުރުކުރެއްވިއެވެ." މި ޙަދީޘުން، ޢަޤީޤާ ކަތިލުން ވާޖިބުކަމުގެ މާނަ މި މަޒްހަބުގެ ޢިލްމުވެރިން ނަންގަވަނީ "ތިމަންމެނަށް އަމުރުކުރެއްވިއޭ" އޮތްބަސްފުޅުންނެވެ. އެއީ އަމުރު ވާޖިބަށް ދަލީލުކުރާތީއެވެ.

މިމަޒްހަބުގެ 3 ވަނަ ދަލީލަކީ އަންނަނިވި ޙަދީޘެވެ. عَنْ سَلْمَانَ بْنِ عَامِرٍ الضبيِّ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ : مَعَ الْغُلاَمِ عَقِيْقَتُهُ فَأُهْرِيْقُوا عَنْهُ دَمًا ، وَأَمِيْطُوا عَنْهُ الْأَذَى ، رواه البخاري .

މާނައީ: سَلْمَانُ بْنُ عَامِرُ الضبيّ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. "ކުއްޖާއާއެކު އޭނާގެ ޢަޤީޤާ ވާކަމަށާއި އެކުއްޖާގެ ފަރާތުން ޢަޤީޤާ ކަތިލައި އުނދަގޫ ދުރުކުރުމަށް، رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ." މި ޙަދީޘުން، ޢަޤީޤާ ކަތިލުން ވާޖިބުކަމުގެ ދަލީލު، މި މަޒުހަބުގެ ޢިލްމުވެރިން 2 ގޮތަކަށް ނަންގަވައެވެ. ފުރަތަމަ ގޮތަކީ، ޙަދީޘުގައި، ކުއްޖާއާއެކު އޭނާގެ ޢަޤީޤާ ވާކަމަށް އޮތް ބަސްފުޅަކީ އެބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި، ހިނގާ ކަމެއްގެ ޚަބަރު ދެއްވުމެއްނޫނެވެ. އެއީ ވާޖިބެއްގެ ޚަބަރު ދެއްވުމެވެ. ދެވަނަ ގޮތަކީ، ޙަދީޘުގައި، އެކުއްޖާގެ ފަރާތުން ޢަޤީޤާ ކަތިލައި އުނދަގޫ ދުރުކުރުމަށް އަމުރުކުރައްވާފައިވާތީ އެއީ ވާޖިބެއްކަމަށް އެބޭކަލުން ދަލީލުނެންގެވުމެވެ.



2. ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ޢަޤީޤާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

މިބޭކަލުންގެ ދަލީލަކީ: أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:{مَنْ وُلِدَ لَهُ وَلَدٌ فَأَحَبَّ أَنْ يُنْسِكَ عَنْهُ فَلْيَفْعَلْ}. މާނައީ: ހަމަކަށަވަރުން رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "އެމީހަކަށް ކުއްޖަކު ލިބި އެކުއްޖާ ދުނިޔެއަށް އައުމުން އެކުއްޖާގެފަރާތުން ޢަޤީޤާ ކަތިލަންބޭނުންމީހާ އެކަންކުރާހުށިކަމެވެ." ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ މި ޙަދީޘުގައި ކަތިލަންބޭނުންމީހާއޭ އޮތުމުން ދަލީލުލިބެނީ އެއީ ސުންނަތެއްކަމަށެވެ. ވާޖިބެއްނަމަ އެގޮތަށް ޙަދީޘްނުކުރައްވާނެކަމަށެވެ.


3. ޙަނަފީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ޢަޤީޤާ ކަތިލުމަކީ ވާޖިބެއްވެސް އަދި ސުންނަތެއްވެސްނޫނެވެ. އަދިކީތްހެއްޔެވެ؟ އެއީ، ހުއްދަކަމެކެވެ.

އެމަޒުހަބުގެ ޢިލްމުވެރިން ވިދާޅުވަނީ ޢަޤީޤާއަކީ އިސްލާމްދީން އައުމުގެކުރިން، ޖާހިލިއްޔަ ޒަމާނުގައި ކަތިލެވުނު ކަތިލުންތަކުގެތެރެއިން އެއްކަތިލުންކަމަށެވެ. އިސްލާމްދީން އައުމާގުޅިގެން އެއާދަ އެގޮތަށް ހިނގަމުން އަންނަނިކޮށް، އުޟްޙިޔާ ކަތިލުން ޝަރީޢަތުގައި ހިމެނިގެން އައުމުން ޢަޤީޤާ ކަތިލުން މަންސޫޚުވެ، އެއީ ހަމައެކަނި ކުރާނެ ބަޔަކު ކުރުމަށް ދޫކޮށްލެވިފައިވާ ހުއްދަ ކަމެއްގެގޮތުގައި ހަމަޖެހިގެންދިޔައީކަމަށެވެ.

ނަމަވެސް ޖުމްހޫރު ޢިލްމުވެރިން ވަނީ ޙަނަފީންނަށް ރައްދު ދެއްވާފައެވެ. އެބޭފުޅުން ވިދާޅުވަނީ، އުޟްޙިޔާ ކަތިލުން ޝަރީޢަތުގައި ހިމެނިގެން އައުމުން ޢަޤީޤާ ކަތިލުން މަންސޫޚުވީކަމަށް ދަލީލުކުރާ އެއްވެސް ޙަދީޘެއް އަދި ސަލަފުންގެ ބަސްފުޅެއްވެސް އައިސްފައިނުވާކަމަށެވެ. އެހެންކަމުން ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ އެއީ އެއްވެސް އަޞްލެއްނެތް ވާހަކައެއްކަމަށެވެ. އަދި ޢަޤީޤާ ކަތިލުމުގެ މަތިވެރިކަމާއި އެކަމުގެ ސުންނަތްކަން،ނަބަވީ ސުންނަތުގައި އައިސްފައިވާ މިންވަރަށް ބަލާއިރު އޭގެ ސުންނަތްކަމާމެދު ޝައްކުކުރާނެ އެއްވެސް ޖާގައެއްނެތްކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

· ޢަޤީޤާ ކަތިލުމުގެ ވަގުތު:
އިސްވެދިޔަ، سُمْرَةُ بْنُ جُنْدُب رَضِيَ اللهُ عَنْهُ ގެ ޙަދީޘުގައި، {تُذْبَحُ عَنْهُ يَوْمَ سَابِعِهِ} ، (އެކުއްޖާއަށް ހަތްދުވަހުން އޭނާގެފަރާތުން ޢަޤީޤާ ކަތިލެވެއެވެ.) މިހެން ޙަދީޘްކުރައްވާފައި އޮތުމުން، ޢަޤީޤާ ކަތިލުމުގެ ވަގުތަކީ ކުއްޖާއަށް 7 ދުވަހުން ކަމާމެދު ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވާކަމަށް ބެލެވެއެވެ. ނަމަވެސް މިމައްސަލައިގެ އިތުރު ތަފްޞީލް، ފިޤްހު ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން އެތަފްޞީލުގެ ބައިތައް ތިރީގައި މިވަނީއެވެ:

1. ހަތްވަނަ ދުވަސްނޫން ދުވަހެއްގާ ޢަޤީޤާ ކަތިލެވިދާނެތަ؟
މިމައްސަލާގައި އިމާމު މާލިކުގެ ދެބަސްފުޅެއް ވެއެވެ. ފުރަތަމަ ބަސްފުޅަކީ 7ދުވަސް ފިޔަވައި އެހެން ދުވަހެއްގާ ޢަޤީޤާ ކަތިނުލެވޭނެކަމަށެވެ. އަދި 7ވަނަ ދުވަސް ފަހަނަޅައި ހިނގައްޖެނަމަ ކަތިލުމެއް ނުވެއެވެ. ދެވަނަ ބަސްފުޅަކީ 7ވަނަ ދުވަހުގެމައްޗަށް އަނެއްކާވެސް 7ދުވަސްވާދުވަހު ކަތިލެވިދާނެކަމަށް އޮންނަ ބަސްފުޅެވެ.
މިމައްސަލާގައި ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ވިދާޅުވަނީ ކުއްޖާ ވިހެއުމަށްފަހު، 7ވަނަ ދުވަހަށްވުރެ ކުރިން ކަތިލިޔަސް ނުވަތަ އެއަށްވުރެ ފަހުން ކަތިލިޔަސް ޢަޤީޤާ ޞައްޙަވާނެކަމަށެވެ. ނަމަވެސް ސުންނަތްކަން ގަދަވެގެންވަނީ 7ވަނަ ދުވަހު ކަތިލުންކަމުގައެވެ.
رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތަށް ބަލާއިރު މިކަމުގައި އޮތް އެންމެ ފުރިހަމަ ގޮތަކީ ކުއްޖާއަށް 7ދުވަހުން ޢަޤީޤާ ކަތިލުމެވެ. އެދުވަހު ކަތިނުލެވިއްޖެނަމަ 14ވަނަދުވަހު އަދި އެދުވަހު ކަތިނުލެވިއްޖެނަމަ 21ވަނަ ދުވަހު އަދި އޭގެފަހުންވެސް 7ދުވަހުން ދުވަސް ބަލަމުންގޮސް ކަތިލެވޭގޮތް މެދުވެރިވުމުން ކަތިލުމެވެ. މިގޮތަށް މިކަން އޮތްކަމުގެ ދަލީލަކީ، عَائِشَة رَضِيَ اللهُ عَنْهَا، "ސުންނަތުގައިވަނީ މިގޮތަށޭ" ވިދާޅުވެ ކިޔުއްވައިދެއްވިކަމަށް، أُمُّ كُرُز އާއި أَبُو كُرُز رَضِيَ اللهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ. {..... وَلْيَكُنْ ذَلِكَ يَوْمَ السَّابِعِ فَإِنْ لَمْ يَكُنْ فَفِيْ أَرْبَعَةَ عَشَرَ فَإِنْ لَمْ يَكُنْ فَفِيْ إِحْدَى وَعِشْرِيْنَ}. މާނައީ: "އެކަތިލާ ދުވަހަކީ 7ވަނަދުވަސްކަމުގައި ކަނޑައެޅިފައިވެއެވެ. އެދުވަސްނޫންނަމަ 14ވަނަ ދުވަހެވެ. އެދުވަސްނޫންނަމަ 21ވަނަ ދުވަހެވެ." އެހެންކަމުން، عَائِشَة رَضِيَ اللهُ عَنْهَاގެ މިބަސްފުޅަށް ބައްލަވައި 21ވަނަ ދުވަހަށްވުރެ ލަސްވިޔަސް، ހަތްދުވަހުން ހަތްދުވަހުން ބަލަމުންގޮސް ކަތިލުން ރަނގަޅުކަމުގައި ޢިލްމުވެރިން ވަނީ ކަނޑައަޅުއްވާފައެވެ.

2. ކުއްޖާއަށް 7ދުވަސް ހަމަކުރާނީ ކޮންދުވަހަކުން ފެށިގެންހެއްޔެވެ؟
މިމައްސަލާގައި އިމާމު މާލިކު ވިދާޅުވަނީ ފަޖުރުލުމަށްފަހު ވިހައިފިނަމަ އެދުވަސް، ފުރަތަމަ ދުވަހުގެ ގޮތުގައި ނުގުނޭނެކަމުގައެވެ. އަދި މި މަޒުހަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ވިހޭދުވަސް ނުގުނޭނީ މެންދުރުފަހުން ވިހެއުމުން ކަމަށެވެ.
މިމައްސަލާގައި ޝާފިޢީމަޒުހަބުގެ ޢިލްމުވެރިންގެ 2ބަސްފުޅެއް ވެއެވެ. މިމަޒުހަބުގައި އެންމެ ޞައްޙަކަމަށް ބެލެވޭ ބަސްފުޅަކީ، ކުއްޖާއަށް 7ދުވަސް ހަމަކުރާނީ ވިހޭދުވަހާއެކުގައި ކަމަށް އޮތް ބަސްފުޅެވެ. ދެވަނަ ބަސްފުޅަކީ 7ދުވަސް ހަމަކުރުމުގައި ވިހޭދުވަސް ނުގުނެވޭނެކަމަށް އޮތް ބަސްފުޅެވެ.

3. ހަތްދުވަސް ފުރުމުގެކުރިން ކުއްޖާ މަރުވެއްޖެނަމަ ޢަޤީޤާ ކަތިލަންޖެހޭނެހެއްޔެވެ؟
ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި 7ދުވަސް ފުރުމުގެކުރިން ކުއްޖާ މަރުވެއްޖެނަމަ، އެކުއްޖާގެ ފަރާތުން ޢަޤީޤާ ކަތިލުމެއް ނުވެއެވެ.

4. ކުއްޖާބޮޑުވެ ބާލިޣުވުމަށްފަހު ޢަޤީޤާ ކަތިލަންޖެހޭނެހެއްޔެވެ؟
މިމައްސަލާގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ ބާލިޣުވުމަށްފަހު ޢަޤީޤާ ކަތިލުމެއް ނެތްކަމުގައެވެ. އެބޭފުޅުންގެ ދަލީލަކީ ޢަޤީޤާއާ ބެހޭގޮތުން އައިސްފައިވާ ޙަދީޘުގައި {يَوْمَ سَابِعِهِ}، (އެކުއްޖާއަށް 7ދުވަސްވާދުވަހުއޭ) އޮތުމުން އެއީ ކުއްޖާ ކުޑައިރު ކުރަންޖެހޭ ކަމެއްކަން ދޭހަވާކަމުގައެވެ.
ކުއްޖާ ބާލިޣުވުމަށްފަހު ޢަޤީޤާ ކަތިލަންޖެހޭނެކަމަށް ދެކެވަޑައިގަންނަވަނީ ވަރަށް މަދު ޢިލްމުވެރިއެކެވެ. އެބޭފުޅުންގެ ދަލީލަކީ: عَنْ أَنَسٍ، قَالَ: {عَقَّ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ نَفْسِهِ بَعْدَمَا بُعِثَ بِالنُّبُوَّةِ}. މާނައީ: أَنَس –رضي الله عنه- ވިދާޅުވިއެވެ. "ނަބީކަމާއިގެން ފޮނުއްވެވުމަށްފަހު، رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ، އެކަލޭގެފާނުގެ ފަރާތްޕުޅުން ޢަޤީޤާ ކަތިލެއްވިއެވެ." ނަމަވެސް މިޙަދީޘް ރިވާކުރެއްވި عَبْدُ اللهِ بْنُ مُحْرِز ގެ ޙަދީޘްތައް، ޢިލްމުވެރިން ޤަބޫލެއްނުކުރައްވައެވެ. އަދި މިޙަދީޘާ ބެހޭގޮތުން، މިއީ "ބާޠިލް" ޙަދީޘެއްކަމަށާއި "މުންކިރު" ޙަދީޘެއްކަމަށް ޢިލްމުވެރިން ވިދާޅުވެފައިވުމުން، މިމައްސަލާގައި ޢަމަލުކުރަންޖެހެނީ ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތާ އެއްގޮތަކަށެވެ.

5. ޢަޤީޤާގެ ވަގުތާއި ޢުޟްޙިޔާގެ ވަގުތު އެއްވަގުތަކަށްވެއްޖެނަމަ، އެއްކަތިލުން ކަތިލައިގެން ދެކަމަށް ފުދޭނެހެއްޔެވެ؟
މިމައްސަލައިގާ ޢިލްމުވެރިންގެ 2ބަސްފުޅެއްވެއެވެ.
ފުރަތަމަ ބަސްފުޅަކީ އެއްކަތިލުމުން ފުދޭނެކަމަށް އޮތް ބަސްފުޅެވެ. އެއީ، މަޤްޞަދު ޙާޞިލްވާތީކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އަދި އޭގެ މިސާލަކީ ނަމާދަށް މިސްކިތަށް ގޮސް ފުރަތަމަ ކުރާ 2ރަކްޢަތް ކުރުމުން، މަސްޖިދު ސުންނަތުގެ 2 ރަކްޢަތާއި ރަވާތިބު ސުންނަތުގެ 2 ރަކްޢަތުގެ ޘަޥާބު ޙާޞިލްވާ ވުމެވެ.
ދެވަނަ ބަސްފުޅަކީ، އެއްކަތިލުމުން ނުފުދޭނެކަމަށާއި ކޮންމެ ކަމަކަށްވެސް ވަކި އެއްޗެއް ކަތިލަންޖެހޭނެކަމަށް ވިދާޅުވާ ބޭފުޅުންގެ ބަސްފުޅެވެ.އަދި އެބޭފުޅުން ވިދާޅުވަނީ ކަތިލާ ސަބަބު ތަފާތުވުމުން ކަތިލާއެތިވެސް ތަފާތުވާންޖެހޭނެކަމަށެވެ.
·

ޢަޤީޤާ ކަތިލުން ކުޑަ ދަރިފުޅަށް ޢަޤީޤާ ކަތިލުމަކީ މާތްވެގެންވާ ސުންނަތެއް އިތުބާރާއި އެކު ޢަޤީޤާ ކަތިލެއްވުމަށަ އަޅުގަނޑ...
04/05/2026

ޢަޤީޤާ ކަތިލުން
ކުޑަ ދަރިފުޅަށް ޢަޤީޤާ ކަތިލުމަކީ މާތްވެގެންވާ ސުންނަތެއް
އިތުބާރާއި އެކު ޢަޤީޤާ ކަތިލެއްވުމަށަ އަޅުގަނޑުމެން ޚިޔާރު ކުރައްވާ
7559192

  އުޟްޙިޔާ ކަތިލުން 1447 މި އަހަރުވެސް އަޅުގަނޑުމެން އުޟްޙިޔާ ކަތިލަދެމެވެ. އުޟްޙިޔާ ކަތިލެއްވުމާއި އިތުރު މަޢުލޫމާތު ހޯ...
04/05/2026



އުޟްޙިޔާ ކަތިލުން 1447
މި އަހަރުވެސް އަޅުގަނޑުމެން އުޟްޙިޔާ ކަތިލަދެމެވެ.
އުޟްޙިޔާ ކަތިލެއްވުމާއި އިތުރު މަޢުލޫމާތު ހޯއްދެްވުމަށް އަޅުގަނޑުމެންނާއި ގުޅުއްވާ
7559192


❤️

ދަރިފުޅުގެ ޢަޤީޤާ ކަތިލުމަށް އަޅުގަނޑުމެން ޚިޔާރު ކުރައްވާ ގުޅުއްވާ: 7559192
16/04/2026

ދަރިފުޅުގެ ޢަޤީޤާ ކަތިލުމަށް އަޅުގަނޑުމެން ޚިޔާރު ކުރައްވާ
ގުޅުއްވާ: 7559192

‎ نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءࣰ وَلَا شُكُورًا 76:9‎(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހު...
04/03/2026

‎ نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءࣰ وَلَا شُكُورًا 76:9
‎(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ.

‎މި ރަމަޟާން މަހު މިޞްރުގެ ލޮބުވެތި މުސްލިމުންނަށް އިފްޠާރު ބެހުން..
‎އިފްޠާރުގެ އަގަކީ -/60 ރ

7730000344163
Alfundhuq pvt ltd

‎އިތުރު މަޢުލޫމާތު
7559192

‎ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءࣰ وَلَا شُكُورًا 76:9‎(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭ...
04/03/2026

‎ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءࣰ وَلَا شُكُورًا 76:9
‎(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ.

‎މި ރަމަޟާން މަހު އުގެންޑާގެ ލޮބުވެތި މުސްލިމުންނަށް އިފްޠާރު ބެހުން..
‎އިފްޠާރުގެ އަގަކީ -/60 ރ

7730000344163
Alfundhuq pvt ltd

‎އިތުރު މަޢުލޫމާތު
7559192

‎ نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءࣰ وَلَا شُكُورًا 76:9‎(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހު...
03/03/2026

‎ نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءࣰ وَلَا شُكُورًا 76:9
‎(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ.

މި ރަމަޟާން މަހު ސީރިޔާގެ ލޮބުވެތި މުސްލިމުންނަށް އިފްޠާރު ބެހުން..
އިފްޠާރުގެ އަގަކީ -/85

7730000344163
Alfundhuq pvt ltd

އިތުރު މަޢުލޫމާތު
7559192

‎ نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءࣰ وَلَا شُكُورًا 76:9‎(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހު...
03/03/2026

‎ نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءࣰ وَلَا شُكُورًا 76:9
‎(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ.

މި ރަމަޟާން މަހު ޣައްޒާގެ ލޮބުވެތި މުސްލިމުންނަށް އިފްޠާރު ބެހުން..
އިފްޠާރުގެ އަގަކީ -/125ރ

7730000344163
Alfundhuq pvt ltd

އިތުރު މަޢުލޫމާތު
7559192

ސީރިޔާގެ  ނިކަމެތި ކުދިންނަށް މިޔަދުގެ އިފްޠާރު  ބެހުމުގެ ތެރެއިން ސީރިޔާގައި އިފްޠާރު މީލް އެގެ އަގަކީ -85/- ރުފިޔާ7730...
27/02/2026

ސީރިޔާގެ ނިކަމެތި ކުދިންނަށް މިޔަދުގެ އިފްޠާރު ބެހުމުގެ ތެރެއިން
ސީރިޔާގައި އިފްޠާރު މީލް އެގެ އަގަކީ
-85/- ރުފިޔާ

7730000344163
Alfundhuq pvt ltd

އިތުރު މައުލޫމާތު ހޯއްދެއވުމަށް އަޅުގަނޑުމެންނާއި ގުޅުއްވާ
7559192

25/02/2026

މިޞްރުގެ ޔަތީމު ކުދިންނަށް މިޔަދުގެ އިފްޠާރު ބެހުމުގެ ތެރެއިން
މިސްރު ގައި އިފްޠާރު މީލް އެގެ އަގަކީ
-60/- ރުފިޔާ

އިތުރު މައުލޫމާތު ހޯއްދެއވުމަށް އަޅުގަނޑުމެންނާއި ގުޅުއްވާ
7559192

Address

G. Veyru
Male
20147

Telephone

+9607559192

Website

Alerts

Be the first to know and let us send you an email when AqeeqaMv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share